| urukuh ,2009 iawluj 10
އަދާ އުއްމީދުގައި ވީ ހިތް، ވެފާ ބާކީވެ އާޝޯހުން
ވަދާ ކިޔުމުން މަގޭ ހުވަފެން، ހަނދާނުން ފުހެލެވެން ނެތުމުން
ޒަހަމް ލޯބީގެ ތުންފަތުގައި، މަލަން އެޅި ފާރު ލޯބީގައި
ޒަހަރު ރޯޅީ ތެރޭ ވިއަތީ، ގަރުބަ ތަކެކޭ ވަނީ ހިތުގައި
މަލާ ފަރިވާ ބަހާރެއްގައި، ކޮކާ މާބުރުގެ ޒާރެއްގައި
އަލާ ނުކެނޑޭ އަސަރުތަކުގައި، ވަނީ މަސްތީވި ހުވަފެނުގައި
ތަދާ އާހޭ ހިތަށް ލިބެނީ، ހަނދާނެއް އާވުމުން ދޭހުން
އަދާ ލޯބީގެ އުލްފަތުގައި މަގޭ އޮތް ހިތް ކަފުން ވެވުމުން
ފަނާ ދެއަތުން މަ ވެވި މިދަނީ ޒަމާން ލޯބީގެ ފަސްދިނުމުން
ނަނާ ހުވަފެން ދެކޭ ހިނދުގައި، ސަނާ ކިޔަމޭ މަގޭ މިހިތުން
އިނާމެއް ލޯބި އަދި ނުދިނަސް، އިނާޔަތް އަދު ހިތުން ނުދިނަސް
ހިނާ ކަފުނާއި މިއަދު ކުރިޔަސް، ތިނާޒުކު ހިތް އަދު ނުދީ ލޯބްސް
ސުވާސާ ލޯބި މަންޒިލްގައި، ވިޔަސް ބޭކާރު ދުނިޔޭގައި
ނުވާނެޔެ ސަފުން ބޭކާރު، ވަފާތެރި ލޯބި އުލްފަތުގައި
itwfcsWrub ,2009 iawluj 09
މިވަގުތު މިގައުމުގައި އޮތް އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީ ކަމުގައިވާ އެމްޑީޕީގެ ކޮންގަރެސްއެއް ބޭއްވުމަށް ގޮވާލަމެވެ. އަދި ޔާމީން އިންސާފުގެ ކުރިމައްޗަށް ގެނުއުމަށްޓަކައި އެމް.ޑީ.ޕީ ގެ މުޒާހިރާއަކަށް ގޮވާލަމެވެ.
މި ގައުމަށް ޑިމޮކްރަސީ ގެންނަށް މަސައްކަތްކޮށް ގިނަ ގުރުބާނީތަކެއްވެ، އަދި ޚުދުމުހުތާރު ވެރިޔާ މުއުމޫނުގެ ލާއިންސާފް އަނިޔާތަށް ތަހައްމަލް ކުރި މީހުންގެ ޕާޓީކަމުގައިވާ އެ.ޑީ.ޕީ ގެ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ގޮވާލަމެވެ. މިގޮވާލުން ގޮވާލަންޖެހޭ ސަބަބުތައް ތިރީގައި މިވަނީއެވެ.
| wrWgcnwa ,2009 iawluj 07



ދެއްވަދޫ ކައިރީ ތަރައްޤީ ކުރަމުންދާ ކޮނޮއްޓާ ރިސޯޓުގައި ހިނިގި ހަމަނުޖެހުންތަކާ ގުޅިގެން 72 ބިދޭސީއަކު ޑީޕޯޓް ކުރުމަށް ނިންމައިފި އެވެ. އެރިސޯޓުން ބުނި ގޮތުގައި މީގެ ތިން ދުވަސް ކުރިން އެރަށުގައި މަަަސައްކަތް ކުރަމުންދާ 87 ބަންގާޅީއަކު ވެގެން ހިންގި މާރާމާރީއާއި ގުޅިގެން 72 މީހުން ޑީޕޯޓް ކުރަން ނިންމީ ފުލުހުންގެ ބެލުމުގެ ދަށުގައި 15 މީހުން ބޭތިއްބުމަށްފަހުގައެވެ.